ENGLISH
05 ޖުލައި 2025
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނި ކޮށްދޭނެ: ފެމިލީ ކޯރޓް
19 ޑިސެމްބަރު 2024
|
ފެމެލީ ކޯޓު --- ފޮޓޯ: ގޫގުލް
މި ފެށޭ 2025 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކޯޓުގައި ކައިވެނި ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯރޓުން ވިދާޅުވެއްޖެއެވެ.
ހަފްތާ ބަންދު ދުވަސްތައް ވެސް ހިމެނޭހެން ހުރިހާ ދުވަހެއްގައި ފެމިލީ ކޯރޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖެހިފައިވާކަން އިއުލާނުކޮށް، ކައިވެނިކޮށްދޭނެ ގަޑިތައް އެ ކޯރޓުން ވަނީ އިޢުލާންކުރައްވައިފައެވެ.
ރަސްމީ ދުވަސްތަކާއި ހުކުރު/ ހޮނިހިރު ފިޔަވައި ބަންދު ދުވަސްތަކުގައި ފެމިލީ ކޯރޓުން ކައިވެނި ކޮށްދޭނީ:
ހަފްތާ ބަންދު ދެ ދުވަހު ފެމިލީ ކޯރޓުން ކައިވެނި ކޮށްދިނުމަށް ނިންމައިފައި ވަނީ:
ކޯރޓުން ބޭރުގައި ކައިވެނި ކޮށްދޭ ގަޑިތައް:
އެ ކޯރޓުން ވިދާޅުވީ ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯރޓުގެ ވަގުތުތަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.
އަންނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައްް ފަހުން އިޢުލާނު ކުރާނެ ކަމަށް ވެސް އެ ކޯރޓުން ވަނީ ވިދާޅުވެފައެވެ.