ENGLISH
05 ޖުލައި 2025
ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފި
19 ޑިސެމްބަރު 2024
|
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު.
"ބިންވެރިޔާ" ސްކީމުގެ ދަށަށުން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް ސަރުކާރުން ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެޗްޑީސީގައި ފުލުހުން ކުރިއަށް ގެންދަވާ ޖިނާއީ ތަހުޤީޤު މިނިވަންކަމާ އެކު ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް އެ ކުންފުނީގެ ޗެއާރމަން ފިޔަވައި ބޯރޑުގެ ހުރިހާ މެންބަރުން ތަޙްޤީޤު ނިމެންދެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން، ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްޤަށް އުނިކަން ލިބިފައިނުވާކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ ކަމަށް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމަށް ކުރިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހަކަށް އެޗްޑީސީން ބިމެއް ދިންކަމުގެ މައްސަލަ ފެންމަތިވެ ފުލުހުން ވަނީ އެޗްޑީސީގައި ޖިނާއީ ތަހްޤީޤެއް އިއްޔެ ފަށައިފަ އެވެ.
އެޗްޑީސީން ރޭ ބޭއްވި ނޫސްވެރިންެގ ބައްދަލުވުމެއްގައި މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތިތައް ހަވާލުކުރުމުގައި ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި، އެޗްޑީސީން ވަކި ބަޔަކަށް ބިންތަކެއް ނުދޭ ކަމަށެވެ. އަދި ރަޖިސްޓްރީ ހަވާލުކުރަނީ އެޗްޑީސީގެ ފަރާތުން ނޫން ކަމަށާއި އިޝޫކޮށްފައި އޮތީ ވެސް އެ ކުންފުނިން ނޫން ކަމަށް ފަޒުލް ވިދާޅުވިއެވެ.