ENGLISH

20 އޭޕްރީލު 2025

Advertisement

ޗެއާރމަން ފިޔަވައި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފި

19 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު: ވަގުތީ ގޮތުން ވަނީ ސަސްޕެންޑް ކޮށްފައި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފި އެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ތަހުގީގު ނިމި އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އެ ކުންފުނީގެ ޗެއާމަން އަހްމަދު ނާސިފު ފިޔަވާ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް، އެ ބޯޑުން" ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް" ސަސްޕެންޑްކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ ހަވާލުކުރަނީ އެޗްޑީސީގެ ފަރާތުން ނޫން ކަމަށެވެ. އަދި އިޝޫކޮށްފައި އޮތީ ވެސް އެ ކުންފުނިން ނޫން ކަމަށެވެ. ފަޒުލް ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.

ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަަލައެއް އެންމެ ފުރަތަމަ ފެންމަތިވީ އިއްޔެ ސޯޝަލް މީޑިއާއިންނެވެ.

ސޯޝަލް މީޑިއާއިން އާންމުވި ލިޔުންތަކުން އެނގޭ ގޮތުން ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެ އާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއެއް އޮތީ ފޮނުވާފަ އެވެ.

މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިތުރުން އެޗްޑީސީ ބޯޑުން ދެން ސަސްޕެންޑްކުރި ނުވަ މެމްބަރުންނަކީ؛ 

  1.  އަޒްހާރު އަބްދުﷲ ސައީދު
  2.  އިބްރާހިމް ޔޫސުފް ފުޅު
  3.  މުހައްމަދު ވިޝާމް
  4.  އުލާ މުހައްމަދު ރަޝީދު
  5.  އާރިފް އަބްދުއްސަމަދު
  6.  މުހައްމަދު ނާޖިލް
  7.  މުހައްމަދު ވަހީދު
  8.  ފާތިމަތު މިޒްނާ އަލީ
  9.  ޔޫސުފް ވަހީދު

އެޗްޑީސީ ބޯޑް ސަސްޕެންޑް ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ގޯތި ލިބިފައިވާ ފަރާތްތަކުގެ ހައްގަކަށް އުނިކަމެއް ލިބިފައި ނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އަރުވަމެވެ. 

ކިޔުންތެރިންގެ ހިޔާލު