ENGLISH
20 އޭޕްރީލު 2025
ގޯތިތަކެއް އުސޫލާ ޚިލާފަށް ދިން ކަމަށް ބުނާ މައްސަލަ: ތުހުމަތުތައް ފަޒުލް ދޮގުކުރައްވައިފި
18 ޑިސެމްބަރު 2024
|
ފަޒުލް ރަޝީދު ނޫސް ކޮންފަރެންސްގައި: ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވެވި
"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގެ ބޭރުން ހުޅާމާލެއިން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ދައުރެއް ނެތް ކަމަށާއި އަދި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އެ މައްސަަލައާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ ހަވާލު ކުރަނީ އެޗްޑީސީގެ ފަރާތުން ނޫން ކަމަށެވެ.
"ކުރީ ސަރުކާރުގައި އިޝޫކޮށްފައި ހުރި ބިންވެރިޔާ ޕްލޮޓްތަކެއްގެ ރަޖިސްޓްރީތައް އެބަހުރި. އެގްރިމަންޓްތައް ހަދަނީ އެޗްޑީސީގެ ފަރާތަކުން ނޫން. ބިން ހަވާލުކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން. އަޅުގަަނޑުމެން ޝާމިލުވާ ހިސާބަކީ އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިވެގެން އެޕްލިކޭޝަންއެއް އަންނަ ހިސާބަކީ އަޅުގަނޑުމެން އޭގައި ޝާމިލުވާ ހިސާބު. އޭގެ ކުރިން މި އޮންނަނީ އަޅުގަނޑުމެންނާ ހައުސިން މިނިސްޓްރީއާ ދޭތެރޭގައި މުއާމަލާތްތަކެއްގެ ތެރެއިން ހިނގާ ކަންކަން. އެއީ ވެރިފިކޭޝަން ޕްރޮސެސް" - ފަޒުލް ވިދާޅުވި އެވެ.
އެހެންވެ ބައުންޑްރީ ވޯލް ރޭނުމުގެ ހުއްދައަށް އެޗްޑީސީގެ ޕޯޓަލް މެދުވެރިވެގެން ހުށައެޅުމުން ރަޖިސްޓްރީ އޮންނަ ފަރާތެއްތޯ ފުރަތަމަ ބަލާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެއްވެސް ހާލެއްގައި ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް ބިން ދޫކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ފަޒުލް ދެއްވި އެވެ.
"އަޅުގަނޑުގެ އިންވޯލްމަންޓެއް މިޔަކު [ގޯތި ދޫކުރި ކަމަށް ބުނާ މައްސަލައިގައި] ނެތް، ވަރަށް ސާފުކޮށް މި ދަންނަވަނީ،" ތުހުމަތުތަކަށް އިންކާރުކޮށް ފަޒުލް ވިދާޅުވި އެވެ.
އެމްޑީ ފަޒުލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު އެޗްޑީސީއަށް ވަތް ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ކޮންމެ ތަހުގީގެއް ގެންދިޔަޔަސް އެ ފުރިހަމަ ތަހުގީގަށް ފުރިހަމަ އެއްބާާރުލުން ދޭން. އަޅުގަނޑު ޔަގީންކަން ދޭކަމަކީ އެޗްޑީީސީގެ ފަރާތުން އަދި އެޗްޑީސީގެ މުވައްޒަފުންވެސް ހިމެނޭ ގޮތަށް ޝާމިލުވާގޮތަށް އެޗްޑީސީގެ ފަރާތުން އެއްވެސް މުވައްޒަފުން އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ކަމެއްގައި އިސްތިސްނާވާނެ ނޫނީ ބިންވެރިޔާ ސްކީމްއިން އިސްތިސްނާވާނެ ގޮތަކަށް އަޅުގަނޑުމެން އެއްވެސްކަމެއް މި ކޮޅުން ކޮށްފައެއް ނުވާނެ." - ފަޒުލް ވިދާޅުވި އެވެ.
މި މައްސަލަ އެންމެ ފުރަތަމަ މިއަދު ފާހަގަކޮށްފައި ވަނީ ސޯޝަލް މީޑިއާއިންނެވެ. އެ ޕޯސްޓްގައި ބުނެފައި ވަނީ ފަޒުލްގެ އާއިލީ މަސްލަހަތު ހިމެނޭ ފަރާތަކަށް ގަވާއިދާ ޚިލާފަށް ގޯއްޗެއް ދޫކޮށްފައިވާ ކަމަށެވެ.