ENGLISH
20 އޭޕްރީލު 2025
އެޗްޑީސީން ވަކި ބަޔަކަށް ބިމެއް ނުދެން، ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ: ފަޒުލް
18 ޑިސެމްބަރު 2024
|
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު -- ފޮޓޯ: އެމްއެމް
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތިތައް ހަވާލުކުރުމުގައި ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށާއި، އެޗްޑީސީން ވަކި ބަޔަކަށް ބިންތަކެއް ނުދޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު މިހެން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެޗްޑީސީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަޒުލް ވިދާޅުވީ "ބިންވެރިޔާ" ސްކީމްގެ ދަށުން ބިން ލިބޭ އެއްވެސް މީހަކު އިސްތިސްނާވާ ގޮތަކަށް އެޗްޑީސީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު، "ބިންވެރިޔާ" ސްކީމްގެ ދަށުން ވަކި ބަޔަކަށް ބިން ދިން ކަން އެނގިވަޑައިގެން އެކަން އިސްވެ، ހައުސިން މިނިސްޓްރީއަށް ހުށަހެޅީ ވެސް އެޗްޑީސީގެ ފަރާތުން ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ އަބުރު ކަތިލަން ދައްކާ ވާހަކަތަކަށް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށާއި ޖަވާބު ނުދެއްވޭ ވަރުގެ ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އެގޮތުން ފަޒުލް ވިދާޅުވީ އެ ބިންތަކުގެ މައްސަލަ މިނިސްޓްރީއަށް ވެރިފިކޭޝަނަށް ފޮނުވަން ޖެހުނީ ވެސް އެއް ބިމަކަށް ދެމީހުން އެދުމުން އެކަން ވެރިފައިކުރުމުގެ ގޮތުން ކަމަށެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަނީ އެ މައްސަލަ ދިމާވި ދެ ބިމަކާ ގުޅޭ ލިޔުންތައް ކަމަށް އޭނާ ވިދާޅުވި އެވެ.