ENGLISH
20 އޭޕްރީލު 2025
ގުރައިދޫގައި ނިޔާވި ހަތަރު މަހުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް
18 ޑިސެމްބަރު 2024
|
ގްރައިދޫގެ އޭރިއަލް ފޮޓޯއެއް: ކުޑަކުއްޖާ އިންޑިއާއަށް ފޮނުވީ މިއަދު
ގުރައިދޫގައި ނިޔާވި ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު، އިތުުރު ތަހުލީލު ކުރުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި މަރުވި އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު މެންދުރު 12 ޖަހާއިރު ފޮނުވާފައިވަނީ އިންޑިއާއަށް ކަމަށެވެ.
އެ މަރުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ ދުވަހު އެ މައްސަލަ ތަހުގީގު ފެށި އެވެ.
ރަށު ކައުންސިލް މެންބަރު, އިބްރާހިމް ޝަލީޒް ވިދާޅުވީ އެ ތުއްތު ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައީ ނޭވާލާން އުދަނގޫ ވެގެން ކަމަށެވެ. އަދި ލިބިފައިވާ މައުލުމާތާ ހަވާލާދެމުން ޝަލީޒް ވިދާޅުވީ އެ ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔައީ ކުއްޖާ މަން މައާއި ބައްޕަ ނިދަން އުޅެފައި ބެލިއިރު އެ ކުއްޖާ ނޭވާ ނުލާހެން ހީވެގެން ކަމަށެވެ.
ޑޮކްޓަރާ ހަވާލާދީ ޝަލީޒް ވިދާޅުވީ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށެވެ. އަދި ކުއްޖާގެ ނޭފަތުން ލޭ ފޭބި ކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެ ކުއްޖާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ޝަލީޒް ފާހަގަކުރެއްވި އެވެ.
ފުލުހުންގެ ތަހުގީގުގެ ބޭނުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމީ އެއީ ގުދުރަތީ މަރެއްކަން، ބައެއް ކަންކަމުން ޝައްކުވާތީއެވެ.