ENGLISH
20 އޭޕްރީލު 2025
ޕީޕީއެމް އުވާލުމަށް އިލެކްޝަނުން މަސައްކަތް ފަށައިފި
18 ޑިސެމްބަރު 2024
|
އިލެކްޝަން ކޮމިޝަން: ޕީޕީއެމްގެ ނަމުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް ވަނީ އެދިފައި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.
ޕީޕީއެމް އުވާލަން ނިންމާފައިވަނީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ސެނެޓުން ބޭއްވި ބައްދަލުވުމުގަ އެވެ. އެގޮތަށް ނިންމާފައިވަނީ ސެނެޓަށް ވަޑައިގެން ތިއްބެވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޕީޕީއެމް އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އެހެންވެ، ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން މަނާވެފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އިތުރަށް އެ އިއުލާނުގައި ބުނީ އެ ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުއާމަލާތެއް ކުރުމުގެ އިހްތިޔާރު ޕީޕީއެމަށް ލިބިގެން ނުވާ ކަމަށެވެ.