ENGLISH

20 އޭޕްރީލު 2025

Advertisement

ސްޓެލްކޯ ގެ ރިސާޗް ފައުންޑޭޝަން އިފްތިތާޙުކޮށްފި

18 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ ގެ ރިސާޗް ފައުންޑޭޝަން އިފްތިތާޙުކޮށްފިއެވެ.

މި ރިސާޗް ފައުންޑޭޝަން، އެސް.އާރ.އެފް، އިފްތިތާޙުކޮށްދެއްވީ މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީއެވެ.

މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަނެއް އުފައްދަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެންތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެފަދަ މަސައްކަތެއް ކުރާނެ ޤާބިލްކަމާއި، ވަސީލަތެއް ސްޓެލްކޯގައި އެބަހުރި ކަމަށެވެ.

ސްޓެލްކޯ ރިސާރޗް ފައުންޑޭޝަން އިފްތިތާޙު ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތު ތަޢާރަފްކޮށް ދައްކަވަމުން އެސް.އާރ.އެފްގެ ވައިސް ޗެއަރޕާރސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ހަޔާތުގައި އަދި މަސައްކަތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގު ކޮށިގެންދާ އުފާވެރި ދުވަހެއް ކަމަށެވެ.

އެގޮތުން ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއްކަމަށާއި، ކުންފުނިން ފޯރުވައިދޭ ހިދުމަތްތަކުގެ ގޮތުން އެ ހިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި، އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިއްމު ކޮންޕްނެންޓެއް ކަމަށް އަޒުވަރު ވިދާޅުވިއެވެ. އަދި މީގެ ފައިދާ ސްޓެލްކޯއަށާއި، މުޅި ގައުމަށްވެސް ލިބިގެންދާނެ ކަމަށް އަޒުވަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް www.srf.mv ވެސް މިއަދު ވަނީ އިފްތިތާޙުކޮށްފައެވެ. ވެބްސައިޓް އިފްތިތާޙުކޮށްދެއްޗީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

ކިޔުންތެރިންގެ ހިޔާލު