ENGLISH

20 އޭޕްރީލު 2025

Advertisement

އަލިފާން ނިއްވުމަށް ސިފައިން މެކްސިމަމް އެފަރޓް ލާވައިފޭ: ޑެޕިއިޓީ މޭޔަރ ނަރީޝް

18 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމަށް ސިފައިންނާއި ފަޔަރ ފައިޓަރުން ފުރިހަމަ އެއްބާރުލުން ދެއްވާފައިވަކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ، އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ. 

އެމް.އެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ސްޓީލުން ހަދާފަހުރި އިމާރާތް ސަލާމަތްކުރުމަށް މަސައްކަތްކުރެއްވިކަން އެނގިވަޑައިގަންނަވާކަމަށެވެ. އެ ގޮތުން، އެ ބޭފުޅުން ކުރެއްވި މަސައްކަތުން މާލެ ސިޓީގެ ލިޔެކިޔުންތަކުގެ ބޮޑުބަޔަކާއި ތަކެތި ސަލާމަތްކުރެވިފައިވާ ކަމަށްވެސް ނަރީޝް ފާހަގަކުރެއްވިއެވެ. އަނދަމުންދާ ތަނެއް ސަލާމަތްކުރުމުގެ ފުރުސަތު ކުޑަވެފައިވީ ނަމަވެސް ދިވެހި ސިފައިންނާއި ސައިޓުގައި މަސައްކަތްކުރަމުން ދިޔަ ފަޔަރ ފައިޓަރުން ވަނީ، އޭރު ހުޅުނުހިފާ އިމާރާތައް ހުޅުގަނޑު ފެތުރުނަ ނުދިނުމަށް ވެވެން ހުރި ހުރިހާ ތައްޔާރީއެއް ވެފައިކަމަށެވެ. 

"ބޭރުގަ އަޅުގަނޑުމެން މަންޒަރު ބަލަން ތިބޭ މީހުންނަށް ވަރަށް މޮޅެތި ވާހަކަ ދައްކަން ހަގީގަތުގަ ލިބޭ އަބަދުވެސް، ކޮންމެ އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެހެން ހެދި ނަމަ މިހެން ހެދި ނަމަ މިތަނުން ފެން ޖެހި ނަމަ މިތާގަ މިކަންކުރި ނަމަ މިހެންވީހޭ މިހެންވީހޭ، މީ ވަރަށް ފަސޭހަ ވާހަކަތަކެއް ކޮންމެ ބޭފުޅަކަށް ދައްކަން، އެކަމަކު އެ ސީންއަށް އެދާ އެ ސީންގެ ތެރޭގަ ހަރާތްތެރިވާ އެކަމުގަ ޕްރޮފެޝަނަލް ބޭފުޅުން، ފަޔަރ ފައިޓަރުން، ކޮންމެ ފަހަރު އެބޭފުޅުންނަށް، އެތަނެއް މިސާލަކަށް އަނދައިގެން ދިޔައީ، ދިޔައީމަ އެބޭފުޅުންނަށް ބަދުނާމު، އެތަނެއް އަވަހަށް ނިއްވާލެވުނީ، އެބޭފުޅުންނަށް ތައުރީފު، މިކަހަލަ ގޮތަކަށް އަޅުގަނޑުމެން ތެރޭގަ ވާހަކަ މި ހުންނަނީ" ޑެޕިއުޓީ މޭޔަރ ނަރީޝް. 

ސިފައިން ގަޑިއަށް ނާންނަ ކަމުގެ ތުހުމަތުތައް މީޑިއާގައި ތިލަކޮށް، އެކި ގޮތްގޮތަށް އެ ވާހަކަތައް ގެނައުމަކީ، ކޮންމެ އަލިފާނުގެ ހާދިސާއަކާ ގުޅިގެންވެސް ދައްކާ ވާހަކަތަކެއްކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ، މިއީ އަޅުގަނޑުމެން މުޖުތަމައުގެ ތެރޭގައި އޮންނަ ވަރަށް ނާތަހުޒީބު ސިފައެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު