ENGLISH

20 އޭޕްރީލު 2025

Advertisement

ޕީއެސްއެމްގެ އެމްޑީ ސަޢީދު އިސްތިއުފާ ދެއްވީ ސިއްޙީ ސަބަބަކަށްޓަކައި

18 ޑިސެމްބަރު 2024

|

ހަސަން އާމިރު

 ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މުޙައްމަދު ސަޢީދު އިސްތިއުފާދެއްވައިފި އެވެ.

މީގެ ހަތަރު މަސް ދުވަސް ކުރިން، ދައުލަތުގެ މީޑިއާ ކުންފުނީގެ ހިންގެވުމާ ޙަވާލުވެވަޑައިގެންނެވި ސަޢީދު އިސްތިޢުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައި، ވަނީ ސިއްޙީ ސަބަބުތަކަށްޓަކައި ރާއްޖޭން ބޭރުން ގިނަ ދުވަހު ފަރުވާ ހޯއްދަވަން ޖެހިވަޑައިގެންފައިވާތީ އެވެ.

މަޤާމުން އިސްތިޢުފާ ދެއްވުމަށް ފަހު ސަޢީދު ވަނީ އޭނާ އަށް އިތުބާރު ކުރައްވައި ޕީއެސްއެމް ހިންގަވަން އޭނާ އަށް ހަވާލު ކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ޝުކުރު އަދާކުރައްވާފައެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ސަޢީދު އައްޔަންކުރައްވާފައިވަނީ މި އަހަރުގެ އޯގަސްޓުމަހުގެ 24 ވަނަ ދުވަހުއެވެ.

ސަޢީދު ވަނީ 1989 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަޤާމްތައް ފުރުއްވާފައެވެ. އޭނާ އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ވަނީ ތަޢުލީމީ ދާއިރާގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު