ENGLISH
01 މޭ 2026
ކަންބޮޑުވާ މިންވަރަށް އިންފުލުއެންޒާ ފެތުރެމުން އަންނާނީ ސަމާލުވުމަށް އެދިއްޖެ
30 އޭޕްރީލު 2026
|
ގައިދުރުކުރުމާއި މާސްކު އެޅުމަކީ ގައިންގަޔަށް އަރާ ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނެ މުޙިއްމު ކަންކަން / ފޮޓޯ: އެޑިޝަން އެމްވީ
އެންމެ މަޤްބޫލު
މިދުވަސްވަރު ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އިންފުލުއެންޒާއަކީ ވައިރަސް އަކުން ފެތުރޭ ބައްޔެކެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު މުޙައްމަދު ފައިސަލް ވިދާޅުވީ، މިބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި، ރޯގާ ޖެހުމާއި، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ކެއްސުންވެސް ހިމެނޭކަމަށެވެ.
އެޗްޕީއޭ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިދިޔަ ޖަނަވަރީން ފެށިގެން މި މަހުގެ ނިޔަލަށް އަތޮޅުތެރެއާއި މާލޭގައި ވެސް ބަލިތައް ފެތުރެމުން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އިފުލުއެންޒާއާއި، ޑެންގީ ހުމާއި، އަރިދަފުސް ރޯގާ ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ސަމާލުކަންދޭންވީ ކަންތައްތައް:
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ޖަނަވަރީން ފެށިގެން މި މަހުގެ ނިޔަލަށް ޖުމްލަ 2،183 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެހާތަނަށް ރިޕޯޓުކޮށްފައިވަނީ އެންމެ 374 ކޭސްއެވެ. އެންމެ ގިނައިން ޑެންގީގެ ކޭސްތައް ރިޕޯޓުކުރަމުންދަނީ އަތޮޅުތެރެއިންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް އަތޮޅުތެރެއިން 1813 މީހަކަށް މި ހުން ޖެހިފައިވެ އެވެ. އަދި މާލެއިން 370 މީހަކަށް މި ހުން ޖެހިފައިވެ އެވެ.
މީގެ އިތުރުން، މިދިޔަ މާޗު މަހުން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މާޗު މަހުން ފެށިގެން މިހާތަނަށް 21،687 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ފަރުވާދީފައިވެއެވެ. އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ އަތޮޅުތެރެއިންނެވެ.
މި ދުވަސްވަރު ބަލިތައް އިތުރުވަމުންދާތީ، އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފައެވެ. ރޯގާޖެހި ނުވަތަ ހުން އައިސް ތިން ދުވަހަށް ވުރެ ގިނަ ދުވަސްވާ ނަމަ، ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.