ENGLISH

20 އޭޕްރީލު 2025

Advertisement

މަޑިފުށިން ގެއްލިގެން ހޯދި ނިހާލް ފެނިއްޖެ

18 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ތ. މަޑިފުށި -- ފޮޓޯ: ގޫގުލް

ގެއްލިގެން ހޯދަމުންދިޔަ ތ. އަތޮޅު މަޑިފުއްޓަށް ނިސްބަތްވާ ހަސަން ނިހާލް ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

ފުލުހުން މިއަދު "އެކްސް' ގައި ބުނީ ގެއްލިގެން ފުލުހުންނަށް ރިފޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ނިހާލު، (34އ) އިއްޔެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަަމަށެވެ.

ނިހާލްގެ ޚަބަރެއްނުވެ ގެއްލިފައިވާކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުގެރޭ 20:07 އެހާކަންހާއިރުއެވެ. އަދި އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަކަމަށް  ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު