ENGLISH
26 އޭޕްރީލު 2026
ކްރޫޒްލައިންތަކުން އައި ފަތުރުވެރިންގެ ޢަދަދު 178 އިންސައްތަ އިތުރުވެއްޖެ
26 އޭޕްރީލު 2026
|
ރާއްޖެއަށް މިހާތަނަށް އައި އެންމެ ބޮޑު ކްރޫޒްލައިނާ އެމްއެސް ކުއީން އޭން ފެބުރުއަރީ މަހު ރާއްޖެ ބަނދަރުކޮށްފައި.
އެންމެ މަޤްބޫލު
އަހަރުގެ މިހާތަނަށް ކްރޫޒްލައިންތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 178 އިންސައްތަ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވުޒާރާއިން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރޫޒްލައިނާ ތަކުން ރާއްޖެއަސް 10،351 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރޫޒްލައިނާ ތަކުން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 3,753 ފަތުރުވެރިން ނެވެ. ވުމާއެކު މިއީ 178 އިންސައްތައިގެ ކުރިއެރުމެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 758,753 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރޭގައި ކުރޫޒްލައިނާތަކުން ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތަކީ 1.4 އިންސައްތަ އެވެ.
ހިސާބުތައް ދައްކާގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 758،753 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
* ޗައިނާ: 111,380 ފަތުރުވެރިން
* ރަޝިއާ: 95,645 ފަތުރުވެރިން
* އިނގިރޭސިވިލާތް: 70,288 ފަތުރުވެރިން
* އިޓަލީވިލާތް: 63,144 ފަތުރުވެރިން
* ޖަރުމަނުވިލާތް: 51,113 ފަތުރުވެރިން
ދެން މި ލިސްޓުގައި ހިމެނެނީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ މަގުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަދަލު އައި ނަމަވެސް ކްރޫޒްލައިންތަކުން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު ދަނީ އިތުރުވަމުން ނެވެ.