ENGLISH

27 އޭޕްރީލު 2026

Advertisement

ނޭކުރެންދޫ ބަނދަރު ތަރައްޤީކުރުން؛ ބޭރު ތޮށީގައި ހިލަ އަތުރަނީ

26 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ނޭކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ

ހދ. ނޭކުރެންދޫ ބަނދަރު ތަރައްްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، ބޭރު ތޮށީގައި ހިލަ އެތުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.

މި މަޝްރޫޢަކީ ނޭކުރެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެކެެވެ.

ނޭކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން 212 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބޮޑުހިލައިގެ ބޭރުތޮށްޓެއްލުމުގެ އިތުރުން ރޭމްޕެއް ހެދުން ހިމެނެ އެވެ.

ބަނދަރު މަސައްކަތް ނިމޭއިރު ބަނދަރު ބައްތި ޖެހުމާއި ޕޭމަންޓް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ގާތްގަނޑަކަށް 1400 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ނޭކުރަންދޫގައި ރަށުގައި މުދާ އުފުލާ ބޯޓުފަހަރަށާއި، ފެރީއަށް އެންމެ އެކަށީގެންވާ ބަނދަރެއް ނެތުމަކީ އެރަށު މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. 

މި މަޝްރޫޢު ނިމޭއިރު ބަނދަރުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބި، އެރަށަށް އަރައިފައިބާ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު