ENGLISH

26 އޭޕްރީލު 2026

Advertisement

"ލަމްހާ" ރަށްރަށުގައި އެޅުވުމަށް އައިލެންޑް ސިނަމާއާ ހަވާލުކޮށްފި

26 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ދިވެހި ފިލްމް "ލަމްހާ" އަތޮޅުތެރޭގައި އެޅުވުމަށް ތައްޔާރު--

ދިވެހި ފިލްމު "ލަމްހާ" އަތޮޅުތެރޭގެ ރަށްތަކުގައި އެޅުވުމުގެ މަސައްކަތް "އައިލެންޑް ސިނަމާ" އާ ހަވާލުކޮށްފި އެވެ.

މި ފިލްމް ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ. މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ތަޖުރިބާކާރު ޑައިރެކްޓަރު މުޙައްމަދު ހިލްމީ އެވެ. އޭނާ އަކީ ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ ފަދަ ރީތި، ދިވެހިވަންތަ އުފެއްދުންތަކެއް މީގެ ކުރިންވެސް ގެނެސްދީފައިވާ ހުނަރުވެރި މީހެކެވެ. ހިލްމީ ޑައިރެކްޓް ކޮށްފައިވާ މަޝްހޫރު ފިލްމްތަކަށް ބަލާއިރު "އިހްސާސް" އާއި "ޗުއްޓީ" ފަދަ ކާމިޔާބު ފިލްމްތައް ފާހަގަކޮށްލެވެ އެވެ.

"ލަމްހާ" މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ މަންމައަކާއި ދަރިއެއްގެ ދެމެދުގައިވާ ވަރުގަދަ ކުލުނާއި، ލޯތްބާއި، އަދި ހިތްގައިމު ހިމޭން ވަގުތުތަކެއްގެ ހަނދާންތަކުގެ މައްޗަށެވެ. މި ފިލްމުގެ ޓައިޓްލް ރޯލުން ފެންނާނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ލިލީ" އިން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދި ހުނަރުވެރި ޒުވާން ބަތަލާ އައިޝާ އަލީ އެވެ. މީގެ އިތުރުން ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ހިމެނެނީ އަހުމަދު ޝާރިފް، ނުޒުހަތު ޝުއައިބް އަދި އަހުމަދު އީސަ (އާނަންދު) އެވެ.

މި ފިލްމު ރަށްރަށުގައި ޑިސްޓްރިބިއުޓް ކުރުމާ ހަވާލުވެފައިވާ އައިލެންޑް ސިނަމާއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް ދިވެހި ފިލްމުތައް އެޅުވުމުގެ މަސައްކަތް ކުރަމުންދާ އިތުބާރު ހޯދާފައިވާ ޓީމެކެވެ. މީގެ ކުރިން "ކަމަނާ" "ކަނބުލޮ" އަދި "އަލްވަދާޢު" ފަދަ ފިލްމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ދައްކައި، ޕްރޮޑިއުސަރުންނާއި ބެލުންތެރިންގެ ބޮޑު ތަރުޙީބެއް އެ ފަރާތުން ހޯދާފައިވެ އެވެ.

އައިލެންޑް ސިނަމާއިން ބުނި ގޮތުގައި، "ލަމްހާ" އަމިއްލަ ރަށުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9111164 ނުވަތަ 7779621 އަށް ވައިބަރ މެދުވެރިކޮށް މެސެޖު ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު