ENGLISH

25 އޭޕްރީލު 2026

Advertisement

މޯލްޑިވްސް 2.0 ސަމިޓް ހޯމަ ދުވަހު ބާއްވަނީ

25 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މިދިޔަ އަހަރު ބޭއްވި "މޯލްޑިވްސް 2.0" ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން މޯލްޑިވްސް ޑިޖިޓަލް ސަމިޓެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

މި ސަމިޓަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓެކެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މި ސަމިޓް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަކަށް ބާސެލޯ ނަސަންދުރައިގައި ކަމަށެވެ. މި ސަމިޓް ބޭއްވުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސް އާއި ޑީމެޑް ޕްރޮޖެކްޓް ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، މި ސަމިޓަކީ މޯލްޑިވްސް 2.0 ގެ ރޯޑްމެޕްގައި ހިމެނޭ ހަރަކާތްތަކާއި، މޯލްޑިވްސް 52.0 ވިޝަން ޙާޞިލުކުރުމަށްޓަކައި މުޙިއްމު ދައުރެއް އަދާކުރާނެ ސަމިޓެކެވެ.

މީގެ އިތުރުން މި ސަމިޓަކީ، ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެއްކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ. 

މި ސަމިޓުގެ މައިގަނޑު މަޤްޞަދުގެ ތެރޭގައި އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި ޕަބްލިކް ސަރވިސަސް ޒަމާނީ ކުރުމާއި ޑޭޓާ ޑްރިވަން ގަވަރނަންސް ޤާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި ޢަމަލީ ގުޅުންތައް ބަދަހިކުރުން ހިމެނެއެވެ. މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި ޑިޖިޓަލް ހައުލަތެއް ބިނާކުރުމާ ގުޅޭގޮތުން އަލިއަޅުވާލުމާއި، ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި ޙަޤީޤީ ދުނިޔޭގެ ތަޖުރިބާތައް ޙިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މި ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ނޯޓެޑް ސްޕީކަރސް ތެރޭގައި ހިމެނެނީ:-

-މޮލްޑޯވާގެ ޑިޖިޓަލައިޒޭޝަންގެ ފޯރމަރ ޕްރައިމް މިނިސްޓަރ މިސްޓަރ އިއުރީ ޓުރްކާނޯ

- ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެ ވައިސް ޕްރެޒިޑެންޓް މިސްޓަރ އޫން ސިއޮކް

- ޔޫ.ކޭ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ފޯރމަރ ޕްރޮގްރާމް ޑިރެކްޓަރ މިސް ޖެސިކާ މެކްއެވޮއީ

މޯލްޑިވްސް ޑިޖިޓަލް ސަމިޓުގެ މުޙިއްމު ބައިތައް:

މި ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:-

- ގަވަރނަންސް އެންޑް އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ފޮރ ޑިޖިޓަލް ޓްރާންސްފޯމޭޝަން.

- ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރި އަދި އިންޓަރއޮޕަރަބަލް ޑޭޓާ ޝެއަރ ކުރުން.

- ސިޓިޒަން ސެންޓްރިކް ސަރވިސް ހަރުދަނާކުރުމާ ގުޅޭގޮތުން ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް.

- ޓްރަސްޓެޑް ޑިޖިޓަލް ޓްރާންސެކްޝަންސް އާއި ގުޅޭ ގޮތުން.

- އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުރިއަރަމުން އަންނަ ޓެކްނޯލޮޖީތައް ޒިންމާދާރު ގޮތުގައި ބޭނުންކުރާނެ ގޮތް.

- މޯލްޑިވްސް 2.0 މަގުޗާޓުގައިވާ ހަރަކާތްތައް އިމްޕްލިމެންޓްކޮށް ތަރައްޤީ ކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ޑިޖިޓަލް ސަރވިސް ކުރިއަށް ދާނެ ގޮތް.

ދިވެހިރާއްޖެ2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅިދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލްދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށްގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0އަކީހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒުހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށްހިންގަން ފަށާ މަޝްރޫޢެކެވެ.

މިމަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅިދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށްއޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.

'ދިވެހިރާއްޖެ2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އަކީ މިރޮނގުން ޚިދުމަތުގެ ނިޒާމުހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކުގެ މެދުގައި ބޭއްވިސަމިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު