ENGLISH

25 އޭޕްރީލު 2026

Advertisement

ގްލޯބަލް ސީފުޑް މާކެޓްޕްލޭސްގައި ރާއްޖޭން ބައިވެރިވެއްޖެ

25 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ގްލޯބަލް ސީފުޑް މާކެޓްޕްލޭސް ގައި ރާއްޖެއިން ބައިވެރިވުން

ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ، ބޮޑު މައުރަޒު ކަމަށްވާ ގްލޯބަލް ސީފުޑް މާކެޓްޕްލޭސް ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި މަހުގެ 21 އިން 23 އަށް ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ މި ފެއާގައި މޯލްޑިވްސް ފިޝަރީޒް އެންޑް، އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕރޭޝަނާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ކުންފުނިތައް ބައިވެރިވިކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. އޭގެތެރޭގައި ހޮރައިޒަން ފިޝަރީޒް އެންސިސް: (ފިޝަރީޒް، ބްލޫ ސޯލްޓްވޯޓަރ އަދި ބިގްފިޝް މޯލްޑިވްސް ހިމެނެ އެވެ.

ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ، ބޮޑު މި މައުރަޒަކީ، "ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާކޮށްދޭ، އަދި ދިވެހި އެކްސްޕޯޓަރުންނަށް، ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި، މަސް ގަނެ ވިއްކާ ފަރާތްތަކާ ބައްދަލުކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެއްކަމަށް ވުޒާރާއިން ބުނެ އެވެ.

މި މައުރަޒުގެ ތެރެއިން ފްރޮމް މޯލްޑިވްސް "ޓު ދަ ވޯލްޑް" ގެ ނަމުގައި ދިވެހިރާއްޖެއިން ވަނީ ޚާއްޞަ ޕެނަލް ޑިސްކަޝާންއެއް ބާއްވާފަ އެވެ. މި ޕެނަލް ޑިސްކަޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިއާމް އާއި މޮންޓެރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް- ސްޓޭކްހޯލްޑަރ- އެންގޭޖްމަންޓް ޑައިރެކްޓަރ ޖޯޝް މަ މަޑެއިރާގެ އިތުރުން މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޖެނިވި އުސޫލުތަކުގެ ސަބަބުން، މަސްވެރިކަމުގެ ސިޔާއަތަށް ލިބޭނެ ކުރިއެރުންތަކަށާއި، ޒިންމާދާރުކަމާއެކީ ކުރާ މަސްވެރިކަން ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ މުހިންމުކަމުގެ މައްޗަށްކަމަށާއި މީގެ އިތުރުން، މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗްގެ އެންމެ ފަހުގެ އެސެސްމެންޓްތަކާއި ރޭޓިންތަކާ ގުޅޭގޮތުން ވެސް މި ސެޝަންގައި މަޝްވަރާކުރެވުނު ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ- އެކުއޭރިއަމްގެ. ސީފުޑް" "ވޮޗް ޕްރޮގްރާމުން، އެންމެ، ފަހުން މިއަހަރުގެ އޭޕްރިލްމަހު އާންމުކުރި މިންގަނޑުގައި، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންއެއް ވަނީ ކަނޑައަޅާފަ އެވެ. މިއީ ސީފުޑް ވޮޗް ގެ ތާރީޚުގައި ވެސް ވަކި ގައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް، ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. އިންޑިއަން އޯޝަން ޖޫނާ ކޮމިޝަންގެ ސައިންޓިފިކް ކޮމިޓީއިން 2016 ވަނަ އަހަރު ހެދި ސްޓޮކް- އެސެސްމެންޓުން، އިންޑިއާ ކަނޑުގެ ބޮޑުކަންނެލީގެ އާބާދީ ހީނަރުވެފައިވާ ކަމަށް ދެއްކުމާ ގުޅިގެން، މި ސްޓޮކުން ބާނާ އެއްވެސް މަހެއް ގަތުމަކީ ތިމާވެއްޓާ ބީރައްޖެހި ކަމެއްގެ ގޮތުގައި، ފާހަގަކޮށް، އެ ވިޔަފާރީގައި ބައިވެރި ނުވުމަށް 2017 "ވަނަ އަހަރު ސީފުޑް" ވޮޗް" ޕްރޮގްރާމުން ނެރުނު މިންގަނޑުގައި ވަނީ އިރުޝާދު ދީފައެވެ.

ނަމަވެސް އަލަށް އާންމުކުރި އިރުޝާދުތަކުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޖެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މުޅި މި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި، އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ ބެސްޓް ޗޮއިސް ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު