ENGLISH

25 އޭޕްރީލު 2026

Advertisement

ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓް އަޅަނީ

25 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ޗައިނާގެ އެހީއާއެކު މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓު ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ؛ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ޗައިނާގެ އެހީއާއެކު މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓު ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިމަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގެ ތެރެއިން މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިން ޔުނިޓު ގާއިމުކުރުމަށްޓަކައި މަޝްވަރާކުރެވިފައި ވާކަމަށެވެ. 

މި މަޝްރޫއު ކުރިއަށްގެންދިޔުމުގައި ދެގައުމަށް އެއްބަސްވެވުނު ކަންތައްތަކުގެ "މިނިޓްސް އޮފް ދަ މީޓިން"ގައި "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގެ ތެރެއިން ވަނީ ސޮއިކޮށްފަ އެވެ. އެއްބަސްވެވުނު ކަންތައްތަކުގެ "މިނިޓްސް އޮފް ދަ މީޓިން"ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠޮއާމް މުޙައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ލިޔު ޖުންފެން އެވެ.

ވުޒާރާއިން ބުނީ މި މަޝްރޫއަކީ ޗައިނާ ސަރުކާރުން ދޫކުރާ އިންޓަރެސްޓް ނުހިމެނޭ ފެސިލިޓީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ. 

މީގެ އިތުރަށް ބޭއްވި ބައްދަލުވުމެއްގައި ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ތަރައްގީގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް މަޝްވަރާކުރެވުނުކަމަށް ވެސް ވުޒާރާއިން މައުލޫމާތު ދެއެވެ. 

ކިޔުންތެރިންގެ ހިޔާލު