ENGLISH

25 އޭޕްރީލު 2026

Advertisement

މިލަންދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިޔަށް

25 އޭޕްރީލު 2026

|

ސުވެއިދާ ހުސެއިން

ށ. މިލަންދޫގައި އެޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް، މި މަޝްރޫއުގެ ތެރެއިން 40 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ--

ށ. މިލަންދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށް އެބަދެއެވެ.

މިލަންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ.

މި މަޝްރޫޢުގެ ބިން ހިއްކުމުގެ މުހިންމު މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އިންނެވެ. މިލަންދޫގެ ބިންހިއްކުމާއި، އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށް  އެއްބަސްވުމުގައި ސޮއިކުރީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހުއެވެ. މި މަޝްރޫއުގައި 40 ހެކްޓަރުގެ ބިން 8 މަސްދުވަހުގެ ތެރޭގައި ހިއްކުމަށް ވަނީ ނިންމާފައެވެ.

މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އޭޕްރީލް 3 ވަނަ ދުވަހުއެވެ. 

ށ. މިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިތާ ތިންވަނަ ދުވަހު ނަގާފައިވާ ޑްރޯން ފޮޓޯއެއް--

މިލަންދޫގައި އެއާޕޯޓް އެޅެން އަންނަނީ މިހާރު އެރަށުގެ ބަނދަރު އޮތް ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކޮށްގެންކަމަށްވުމާއިއެކު،  ބިން ހިއްކާ ނިމުމާއިއެކު، މުޅިންއައު ބަނަދަރެއް ތަރައްގީކުރެވޭނެއެވެ. އެއާއިއެކު މުޅި އެއާޕޯޓުގެ މަޝްރޫޢު ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެއެވެ.

މިލަންދޫގައި އެއާޕޯޓެއް އެޅިގެން ދިއުމަކީ، އެރަށުގެ ރައްޔިތުންގެ ޒަމާންވީ އުއްމީދުތަކުގައި ކުލަޖެހި، ރަށުގެ އިޤްތިޞާދަށާއި ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު ބަދަލެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު