ENGLISH
25 އޭޕްރީލު 2026
މިދިޔަ މަހު މަސް އެކްސްޕޯޓުކުރި މިންވަރު 35 އިންސައްތަ އިތުރުވެއްޖެ
25 އޭޕްރީލު 2026
|
މިދިޔަ މަހު މަސް އެކްސްޕޯޓުކުރި މިންވަރު 35 އިންސައްތަ ވަނީ އިތުރުވެފައި
އެންމެ މަޤްބޫލު
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެފައިވާ ކަމަށް ކަސްޓަމްސް ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހިސާބުތައް ދައްކާގޮތުން ދިޔަ މަހު ރާއްޖެއިން ވަނީ 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފަ އެވެ. މިއަހަރުގެ ފެބުރުވަރީމަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 51 މިލިޔަން ރުފިޔާގެ މަހެވެ. އެހެންކަމުން މަހުން މަހަށް ބަލާއިރު މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ 35 އިންސައްތަ އިތުރުވެފަ އެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން މާޗުމަހު ރާއްޖެއިން ދަޅުގައި ބަންދުކޮށްގެން ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު ވަނީ 75 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން ފެބުރުވަރީމަހު މި އަދަދު ހުރީ 29 މިލިޔަން ރުފިޔާގަ އެވެ. މިއަދަދު މާރިޗު މަހު ވަނީ 51 މިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ.
-ދަޅު މަސް: 51 މިލިޔަން ރުފިޔާ
-ގަނޑުކުރި ކަޅުބިލަ މަސް: 8 މިލިޔަން ރުފިޔާ
-ތާޒާ ކަންނެލި މަސް: 6 މިލިޔަން ރުފިޔާ
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. ސަރުކާރުގެ އަމާޒަކީ ތިން އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ ނުވަ ގުނަ އިތުރު ކުރުމެވެ.