ENGLISH

24 އޭޕްރީލު 2026

Advertisement

ވޯލްޑް ކަޕް ދިވެހިިންނަށް ހިލޭ ބަލާލެވޭނެ

24 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ޕީއެސްއެމް އާއި މީޑިއާނެޓުން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

"ވޯލްޑް ކަޕް 2026" ދިވެހިންނަށް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖައްސައި، ޕީއެސްއެމްއާއި މީޑިއާނެޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕީއެސްއެމްއާއި މީޑިއާނެޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެ އެހީތެރިކަމާއެކު މިފަހަރުގެ ވޯލްޑް ކަޕް ލައިވްކޮށް ހިލޭ ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، މިއީ ސަރުކާރުގެ ފަރާތުން ޒުވާނުނަށް ދޭ ހަދިޔާއެއްގެ ގޮތުގައިވެސް އޭނާ ސިފަކުރައްވާފައިވެއެވެ.

މީގެއިތުރުން، މުބާރާތުގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓިން ލައިސަންސް ހޯދި މީޑިއާނެޓުގެ ހެޑް އޮފް ރެޒިޑެންޝަލް ސޭލްސް، ޙުސެއިން ސަމްޢާން ވަނީ، މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފީފާއާއެކު އެއްބަސްވުމެއް ހަދައި، ޑިސްޓްރިބިއުޝަންގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރުކަން ފާޙަގަކުރައްވާފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާނެ އެންމެ ބޮޑު ވޯލްޑް ކަޕަށްވާއިރު އެންމެ ހަރަކާތް ގިނަ، އެންމެ ހަލަބޮލިވާނެ މުބާރާތަށް ވާނެއެވެ. 48 ގައުމު ބައިވެރިކޮށްގެން ބާއްވާ މުބާރާތުގައި 100 އަށްވުރެ ގިނަ މެޗު ކުޅޭނެއެވެ. މެންދަމުން ފެށިގެން ފަތިހާއި ހެނދުނު ވެސް މުބާރާތުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން މެޗުތައް ރާއްޖެއަށް ލައިވްކޮށް ދައްކާފައިވަނީ ޓީވީއެމް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު