ENGLISH
24 އޭޕްރީލު 2026
މާފުށީގައި " މާރަނގަ މާކެޓް" ނަމުގައި ބާޒާރެއް ފަށައިފި
24 އޭޕްރީލު 2026
|
މާރަނގަ މާކެޓް މާފުށީގައި ފެށިގެން ކުރިއަށް-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މާލެ އަތޮޅު މާފުށީގައި "މާރަނގަ މާކެޓް"ގެ ނަމުގައި ބާޒާރެއް ފަށައިފި އެވެ.
މި މާކެޓަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އިން، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ބާޒާރެކެވެ.
މި ބާޒާރު ކުރިއަށް ގެންދަނީ މާފުށީ ކައުންސިލާއި، މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމެޓްޑް (އެމްއެލްއޭސީ) އާއި ބީސީސީ ގުޅިގެންނެވެ. މި ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
މާރަނގަ މާކެޓް ކުރިއަށް ގެންދިއުމުގެ މަގްޞަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ ގިނަ ފުރުސަތުތަކެއް ވިޔަފާރިތަކަށް ފަހިކޮށްދިނުމެވެ. އެގޮތުން މި ބާޒާރު މި އޭޕްރީލް މަހުން ފެށިގެން ކޮންމެ އަހަރަކުވެސް މާފުށީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެ އެވެ.
މި ބާޒާރުގައި ވިޔަފާރިތަކަށް 12 ކިއޮސްކު ދޫކުރުމަށް މިހާރުވަނީ ނިންމާފަ އެވެ. އެއީ މާފުށީގެ ވިޔަފާރިތަކަށް ހަތަރު ކިއޮސްކާއި މާލޭގެ ބައެއް ވިޔަފާރިތަކަށް އަށް ކިއޮސްކެވެ. މި ކިއޮސްކުތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ޕޭސްޓްރީ އާއި އަތްތެރި މަސައްކަތުގެ ތަކެތި ހިމެނެ އެވެ.
ބީސީސީ އިން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ބާޒާރުގައި ބައިވެރިވާ ފަރާތްތަކަން ގަބޫލު ކުރާ ގޮތުގައި މިފަދަ ބާޒާރުތަކުގެ ސަބަބުން އެ މީހުންގެ ވިޔަފާރި ގިނަ ބަޔަކަށް އެގި، ވިޔަފާރި ކުރިއެރުވުމަށް ކުރެވޭނެ އިތުރު ކަންތައްތަކާ ގުޅެ ގޮތުން މައުލޫމާތު ލިބިގެންދެ އެވެ.
މާފުއްޓަކީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.
ބީސީސީން ބުނެފައިވަނީ، މިފަދަ ބާޒާރުތަކުގެ ސަބަބުން މާފުށީގައި ވިޔަފާރިތަކަށް މީގެ މަންފާ ލިބިގެންދާނެ އެވެ. އަދި މާފުށި ފަދަ މާޙައުލެއްގައި ވިޔަފާރިތަކަށް ތަކެތި ވިއްކައި ވިޔަފާރި އިސްތިހާރު ކުރުމަށް މިއީ ވަރަށް ރަނގަޅު ފުރުޞަޠަކަށްވާނެކަމަށްވެސް ބީސީސީން ބުނެފައިވެ އެވެ.