ENGLISH

24 އޭޕްރީލު 2026

Advertisement

ގައުމުތަކުން މިއަދު ބުނަނީ، އެ މީހުން ތިއްބާ ރާއްޖެ ތެލާއި، ކާޑަށް ނުޖެހޭނެޔޭ: ސައީދު

24 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިސްނުންތެރިކަމާއެކު ކުރައްވާ ވެރިކަމުގެ ސަބަބުން މިދަނޑިވަޅުގައި ރާއްޖެ ތެލާއި، ކާބޯތަކެއްޗަށް ނުޖެހޭނެކަމުގެ ޔަގީންކަން ދުނިޔޭގެ ގައުމުތަކުން ދެމުން އަންނަ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ، މި ދުވަސްވަރު އެތައް ގައުމެއް ތެލާއި ގޭހާއި ކާޑަށް ޖެހިފައިވާކަމަށެވެ.

ސަޢީދު ވިދާޅުވީ، ރާއްޖެއަށް ލިބުނު ބޮޑު  ނަސީބެއް ލިބިފައިވާކަމަށާއި އެ ނަސީބަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމަކަށް ރާއްޖެ ވުން ކަމަށެވެ.

"އޭގެ މައްޗަށް އަޅުގަނޑުމެންނަށް ލިބިފައިހުރި ވެރިމީހާގެ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ރީތިކޮށް ކުރާ ވެރިކަމެއްގެ ނަތީޖާއަކީ އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ އިންޝާالله، ދިވެހިރާއްޖެ ތެލަކަށްވެސް ނުޖެހޭނެޔޭ، ގޭހަކަށްވެސް ނުޖެހޭނެޔޭ، ކާޑަކަށްވެސް ނުޖެހޭނެޔޭ،". ސައީދު ވިދާޅުވި އެވެ. 

ބާޒާރުގައި ކާބޯތަކެއްޗަށާއި ތެލަށާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތައް އެއްވެސް ގައުމަކަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ ބުރަ ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް ނަގަންޖެހޭގޮތަށް ސަރުކާރުން ކަންކަން ރާވާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.

މި ވެރިކަމުގައި މާލޭގެ ވިޔަފާރި ބަނދަރު މާލެއާ ކައިރި ތިލަފުށްޓަށް ބަދަލުވެ، އިގްތިސާދަށް ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ގޭހުގެ އަގު ބޮޑުވިޔަކަ ނުދޭނެ ކަމަށާއި، ކާބޯތަކެތީގެ އަގުތައް ނުއުފުލޭނެ ކަމަށާއި ހަމަ އެހެންމެ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް،ވަޒީރު އަންނަނީ  ތަކުރާރުކޮށް ވިދާޅުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު