ENGLISH

24 އޭޕްރީލު 2026

Advertisement

ކޮންމެ ސަރުކާރަކުން ފެށިޔަސް އިސްލާމީ ދާއިރާގެ މަޝްރޫއުތައް ނުހުއްޓޭނެކަމުގެ ޔަގީންކަން

24 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މި ސަރުކާރު ވެރިކަމާ ހަވާލުވީ އިރު އިސްލާމީ ދާއިރާއިން ފަށާފައި ހުރި ގިނަ މަޝްރޫއުތަކެއް ނުނިމި ހުރިކަން ފާހަގަކުރައްވައި ކޮންމެ ސަރުކާރަކުން ނަމަވެސް އެ ދާއިރާއިން ފަށާފައިހުރި މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާާއު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ. 

ޝުޖާއު ސުވާލުކުރެއްވީ ނިމިދިޔަ ސަރުކާރުން ފަށައި އަދި ހުއްޓިފައިވާ އިސްލާމީ ދާއިރާގެ މަޝްރޫއުތަކުގެ ތަފްސީލު ދެއްވުމަށެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރު ފެށިގެންދިޔައިރު ކުރީ ސަރުކާރުން ފަށާފައި ހުރި ބައެއް މަޝްރޫޢުތައް ހުރިކަމަށާއި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެއީ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކެއްކަމަށްވާތީ އެ މަޝްރޫއުތައް ވެސް ކުރިއަށްގެންދިއުމަށް ކަމަށެވެ. 

"ރައީސް ނިންމަވާފައިވަނީ ހަމަ އެ މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް. އެގޮތުން ވަރަށް ގިނަ މަޝްރޫޢުތައް ހަމަ އަޅުގަނޑުމެން މިހާރު ވެސް ކުރިއަށް އެބަ ގެންދަން. ދިވެހި ކިތައް މަޝްރޫޢުކަމެއް އެހެން ދަންނަވަން މި ވަގުތު ދަތި. އެހެންނަމަވެސް އެގޮތަށް ހުރި ބައެއް މަޝްރޫޢުތައް އެބަ ހުރި ފަށާފައި ހުރި. ޝައްކެއްވެސް ނެތި އެ މަޝްރޫއުތައް ކުރިއަށްގެންދާނެ،". ވަޒީރު ވިދާޅުވި އެވެ. 

ރައްޔިތުންނާ ގުޅުން ހުރި އެއްވެސް މަޝްރޫޢެއް ނުހުއްޓާނެކަމަށާއި ވަކީން ހާއްސަކޮށް އިސްލާމީ ދާއިރާއާ ގުޅުންހުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކާއި، ގުރުއާން ކުލާސްތައް، އެއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ފެށިފައިވާ މަޝްރޫއެއްވިޔަސް ހުއްޓުމެއް ނައިސް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު