ENGLISH

17 އޭޕްރީލު 2026

Advertisement

ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯ ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

15 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯ ފެއަރ -- ފޮޓޯ: ޒިންހުއާ ނިއުސް އެޖެންސީ

ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯ ފެއަރގައި ބައިވެރިވާން ޝައުގުވެރިވާ ދިވެހި ވިޔަފާރިތަކަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.

އިގްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މި ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޭޕްރިލް 28 ވަނަ ދުވަހުގެ 14:00ގެ ކުރިން އެ ވުޒާރާގެ އީމެއިލް އެޑްރެސް [email protected] މެއިލް ކުރުމަށް އެދިފަ އެވެ. މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޔުއާން ޕްރޮވިންސްގައި މިއަހަރުގެ ޖޫން މަހުގެ 11 އިން 16 އަށެވެ.

އެހެން އަހަރުތަކޭ އެއްފަދައިން 10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތާއި އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށްވެސް ވުޒާރާއިން ބުނެފައިވެ އެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ، ކުންމިންގެ ސިޓީގައި އަހަރަކު އެއްފަހަރު ބާއްވާ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ފެއަރއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމާއެކު، އެއްތަނަކުން އެކި ޤައުމުތަކުގެ އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއަރއެކެވެ.

ކިޔުންތެރިންގެ ހިޔާލު