ENGLISH
17 އޭޕްރީލު 2026
ފޮއްދޫ ފުލުހުންގެ އިމާރާތުގެ ފިނިޝިން މަސައްކަތް ކުރަމުން އަންނަނީ
15 އޭޕްރީލު 2026
|
ފޮއްދޫ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ނ. ފޮއްދޫގައި ގާއިމްކުރާ ފުލުހުންގެ އިދާރާގެ ފިނިޝިންގް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ފުލުުހުންގެ އިމާރާތުގެ ސީލިންގެ މަސައްކަތުގެ އިތުރުން ސިމިންތި ޖެހުމާއި، ކަރަންޓް ވައިރިންގެ މަސައްކަތްތަކުގެ އިތުރުން އިމާރާތުގައި ކުލަލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.
ފޮއްދޫ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
ފޮއްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މި އަހަރުގެ ޖުލައި މަހު ކުރެއްވި ދަތުރުފުޅުގައެވެ.
ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފޮއްދޫގައި ހަލުވިކަމާއެކު އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒު ގާއިމްކުރުމާއި، ބަނދަރު ޒަމާނީ ފެންވަރަަށް ތަރައްޤީކުރުމުގެ އިތުރުން ފޮއްދޫ ސިއްހީ މަރުކަޒުގެ އިމާާރާތުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފޮއްދޫ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
މި ހަތަރު މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވަނީ، މި އަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.