ENGLISH
17 އޭޕްރީލު 2026
ދެ ގައުމަކަށް ނޮން-ރެސިޑެންސް ސަފީރުން އައްޔަނުކުރުމަށް ރުހުން ދީފި
15 އޭޕްރީލު 2026
|
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
ދެ ގައުމަކަށް ނޮން-ރެސިޑެންސް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ދެ ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ނިންމަވާފައިވާތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ރުހުން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މާޗު މަހުގެ އަށްވަނަ ދުވަހު އެވެ. ސަފީރުން އައްޔަނުކުރާ ދެ ގައުމަކީ:
އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފަ އެވެ.
މިއަދުގެ ޖަލްސާގައި އާޖެންޓީނާގެ ސަފީރަށް ޑރ. އަލީ ނަސީރު އައްޔަންކުރުމަށް ފެންނަ ކަމަށް 55 މެންބަރުން ވޯޓުދެއްވި އެވެ.
އަދި ބޮސްނިއާ އައި ހެރްޒެގޮވީނާގެ ސަފީރަަށް ޢާއިޝަތު ޝާން ޝާކިރު އައްޔަންކުރުމަށް ފެންނަ ކަމަށް 54 މެންބަރުން ވޯޓުދެއްވި އެވެ.
ސަފީރުކަމަށް އައްޔަންކުރުމުގެ އިޖުރާއާތު ގާނޫނުގައި އޮންނަ ގޮތުން އެ މަގާމަށް ބޭފުޅުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.