ENGLISH
16 އޭޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އޮފިޝަލުން ހޯދަނީ
15 އޭޕްރީލު 2026
|
އިންތިޚާބެއްގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ހަރަކާތްތެރިވާ މަންޒަރު / ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލާ މަރުކަޒުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިޢުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގެ ވެރިންނާއި، ވެރިޔާގެ އެހީތެރިންނާއި، އާދައިގެ އޮފިޝަލުންގެ އިތުރުން ރިޒާވް އޮފިޝަލުންގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ. މި މަޤާމުތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށެހެޅޭނެއެވެ.
މަސައްކަތްކުރާ ވަގުތަށް ބަލައި، ކެއުމާއި ސައިގެ އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ މީހުންނަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އަަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުމާއި ކެންޑިޑޭޓެއްގެ އާއިލާގެ މެމްބަރަކަށް ނުވުމަކީ ވެސް ޝަރުޠެކެވެ. މީގެ އިތުރުން ކެންޑިޑޭޓެއްގެ މަންދޫބެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވެެގެން ވެސް ނުވާނެއެވެ.
އިލެކްޝަނުން ބުނިގޮތުގައި މި އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް އަންނަ ޖޫން މަހުގެ 1 އިން 3 އަށް ކުރިއަށްގެންދާނެއެވެ.
އޮފިޝަލަކަށް ވާން ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އިލްކްޝަަންސް ކޮމިޝަނުން ވަނީ އެދިފައެވެ.