ENGLISH
17 އޭޕްރީލު 2026
ތުލުސްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް
15 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ކ.ތުލުސްދޫ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީއން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ އެކޮމޮޑޭޝަން ބްލޮކްގެ ފައުންޑޭޝަން ފޫޓިން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލް އިމާރާތުގެ ގްރައުންޑް ފްލޯ ކޮލަމްތަކުގެ ކޮންކްރީޓް މަސައްކަތުގެ 75 އިންސައްތަ ފުރިހަމަކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
ހޮސްޕިޓަލް އިމާރާތް ކުރުމުގެ އިތުރުން އެރަށުގައި 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި، 1،729 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާތަރްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ތުލުސްދޫގެ ހޮސްޕިޓަލްގައި މެޑިކަލް ވޯޑްތަކާއި، ޑޮކްޓަރަށް ދައްކާ ކޮޓަރި އާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން އެކްސްރޭ ކޮޓަރިއަކާއި، ލެބޯޓްރީއަކާއި، ވިއްސާ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މިއީ 101.71 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ތުލުސްދޫގައި އަލަށް އިމާރަތްކުރާ ސިއްހީ މަރުކަޒުގެ ސަބަބުން މިހާރު އެރަށު ސިއްހީ މަރުކަޒުން ދެމުންދާ ހިދުމަތްތައް ފުޅާވެ ރައްޔިތުންނަށާއި އެ ރަށަށް ރިޔާރަތްކުރާ ފަތުރުވެރިންނަށް ޒަމާނީ އައު ހިދުމަތްތައް ލިބިގެންދާނެއެވެ.