ENGLISH

16 އޭޕްރީލު 2026

Advertisement

ރައީސްގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ އައުޤާފާ ބެހޭ ތަސައްވުރު ހަގީގަތަކަށް ހަދާނަން: ޝަހީމް

15 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މިނިސްޓަރު ޝަހީމް --

ރައީސްގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ އައުޤާފާ ބެހޭ ތަސައްވުރު ހަގީގަތަކަށް ހައްދަވާނެކަމަށާއި، އަދި ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހައްދަވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މަޤާމާއި ހަވާލުވެލެއްވުމަށްފަހު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގަ އެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހި ރާއްޖޭގައި އައުޤާފު މަޝްރޫޢުތައް އިތުރުކޮށް އައުޤާފުގެ ނިޒާމު ހަރުދަނާކޮށް އައުޤާފު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް، އައުޤާފު ޤާނޫނެއް ވުޖޫދު ކުރަން މަސައްކަތްކޮށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނެކަމަށެވެ.

"ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި އައުޤާފާ ބެހޭ ގޮތުން ބަޔާންވެފައިވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ﷲ ގެ ރަޙުމަތްފުޅާއެކު މަސައްކަތްކުރާނަން،". މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވި އެވެ. 

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ނަމަށް ބަދަލުކުރައްވާފަ އެވެ. މިއީ އައުޤާފްގެ ދާއިރާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަން ހާމަވަގެންދާކަމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އައުޤާފްގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ބަހުގައި ވަޤުފޭ  ކިޔަނީ، އޭގެ އަޞްލު ސަލާމަތުން އޮތުމާ އެކު، އެއިން މަންފާއެއް ލިބިދާނޭ މުދަލެއް މާތްރަސްކަލާންގެ ރަސްކަންފުޅަށްޓަކައި ވަކި ފަރާތަކަށް ދޫކުރެވޭ ގޮތަށް ހިފެހެއްޓޭ ހިފެހެއްޓުމަށެވެ.

ކިޔުންތެރިންގެ ހިޔާލު