ENGLISH
16 އޭޕްރީލު 2026
ޙައްޖަށްދާ މީހުން ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފި
15 އޭޕްރީލު 2026
|
އުމްރާގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ދިޔަ ބަޔަކު، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުންގެ ތެރެއިން މިހާތަނަށް ވެކްސިން ފުރިހަމަ ނުކުރާ މީހުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކުރައްވައިފި އެވެ.
ޙައްޖަށް ދާ މީހުން ކޮންމެހެން ޖަހަންޖެހޭ ވެކްސިންތަކަކީ މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ އަދި އޯރަލް ޕޯލިއޯ ވެކްސިނެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވަނީ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ޙައްޖާއި ޢުމްރާއަށް ދިޔުމުގެ ފުރުސަތު ސައުދީ ސަރުކާރުން މިހާރު ނުދޭކަން ފާހަގަކުރައްވައި އަދިވެސް ބައެއް ފަރާތްތަކުން ވެކްސިން ފުރިހަމަ ނުކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޝަކީލް ވިދާޅުވީ މިހާތަނަށް ފަސްދޮޅަހަކަށް މީހުން ވެކްސިން ފުރިހަމަ ނުކުރާކަމަށް ވިދާޅުވެ ވީ އެންމެ އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. ހަތަރު ފްލައިޓުގައި ޙައްޖަށް މީހުންދިޔުމަށް ހަމަޖެހިފައިވާއިރު އެޑްވާންސް ޓީމު މިއަންނަ މަހުގެ ހަތަރު ވަނަ ދުވަހު މައްކާއަށް ފުރުމަށްވަނީ ހަމަޖެހިފަ އެވެ.