ENGLISH
15 އޭޕްރީލު 2026
އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. މުއްޠަލިބް އައްޔަންކުރައްވައިފި
14 އޭޕްރީލު 2026
|
މުއްތަލިބު --
އެންމެ މަޤްބޫލު
މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ މަޤާމަށް ޑރ. ޢަބްދުﷲ މުއްޠަލިބް އައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފަ އެވެ.
މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވަޒީރުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފަ އެވެ.
މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޤާމުގެ އިޤްރާރުގައި ސޮއިކުރައްވަނީ --
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބަށް މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ. ނިމިދިޔަ ދުވަސްތަކުގައި މިނިސްޓަރު މުއްޠަލިބު ހުންނެވީ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރު ކަމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިރޭ ހުވާ ކުރެއްވެވި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
މިރޭ ހުވާ ކުރައްވާ މަޤާމާއި ހަވާލުވެވަޑައިގެންނެވީ 12 ވަޒީރުންނެވެ. ވަޒީރުން އައްޔަނު ކުރައްވާ ވަނީ ދެ ވުޒާރާ އަކަށެވެ.