ENGLISH
14 އޭޕްރީލު 2026
އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަޤާމަށް މުޙައްމަދު ސަޢީދު އައްޔަނު ކުރައްވައިފި
14 އޭޕްރީލު 2026
|
މިނިސްޓަރު ސަޢީދަށް ފަތްކޮޅު އެރުވުން --
އެންމެ މަޤްބޫލު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަޤާމަށް މުޙައްމަދު ސަޢީދު އައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފަ އެވެ.
މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ ވަޒީރުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފަ އެވެ.
މިނިސްޓަރު ސަޢީދު މަޤާމުގެ އިޤްރާރުގައި ސޮއިކުރައްވަނީ --
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓަރު ސަޢީދަށް މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ.
ނިމިދިޔަ ދުވަސްތަކުގައި މިނިސްޓަރު ސަޢީދު ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މިނިސްޓަރު ކަމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިރޭ ހުވާ ކުރެއްވެވި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
މިރޭ ހުވާ ކުރައްވާ މަޤާމާއި ހަވާލުވެވަޑައިގެންނެވީ 12 ވަޒީރުންނެވެ. ވަޒީރުން އައްޔަނު ކުރައްވާ ވަނީ ދެ ވުޒާރާ އަކަށެވެ.