ENGLISH

14 އޭޕްރީލު 2026

Advertisement

އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް މިނިސްޓަރު ކަމަށް ޑރ. ޝަހީމް އައްޔަނު ކުރައްވައިފި

14 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މިނިސްޓަރު ޝަހީމް --

އިސްލާމިކް އެފެއާޒް އެންްޑް އެންޑޯމަންޓްސް މިނިސްޓަރު ކަމަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އައްޔަނު ކުރައްވައިފި އެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް ނަމަށް ވަނީ ބަދަލުކުރައްވާފަ އެވެ.

މި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ގެންނެވި ބަދަލެކެވެ.

ވުޒާރާގެ ނަމަށް ގެނެވުނު ބަދަލާއެކު، އިސްލާމީކަންތައްތަކާ ބެހޭ އެންމެހާ މަސައްކަތްތަކާއި ދިވެހިރާއްޖޭގައި އައުޤާފްގެ ދާއިރާއިން ކުރެވޭމުހިއްމު ހުރިހާ މަސައްކަތް ކުރިއަށް ދާނީ މި ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

މިއީ އައުޤާފްތައް ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވަމުން ގެންދަވާ މަސަައްކަތްޕުޅަށް އިތުރު ކުރިއެރުން އަންނާނެ ކަމެކެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އައުޤާފް ވުޒާރާ އުފެދުނީ 1932 ވަނަ އަހަރުގައެވެ. މިއަދު މި ބަދަލު މި ގެނެވުނީ އައުޤާފަށް ޚާއްސަ ވުޒާރާއެއް އުފެދިފައި ނެތްތާ އަހަރުތަކެއް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު