ENGLISH
14 އޭޕްރީލު 2026
އާޓްސް, ކަލްޗާ އެންޑް ހެރިޖޭޓް މިނިސްޓަރު ކަމަށް ހީނާ ވަލީދު އައްޔަނު ކުރައްވައިފި
14 އޭޕްރީލު 2026
|
ހީނާ ވަލީދަށް މަޤާމުގެ ފަތްކޮޅު އެރުވުން --
އެންމެ މަޤްބޫލު
މިނިސްޓްރީ އޮފް އާޓްސް, ކަލްޗާ އެންޑް ހެރިޖޭޓްގެ މަގާމަށް ހީނާ ވަލީދު އައްޔަނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފަ އެވެ.
މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ހީނާ ވަލީދު ވަނީ ވަޒީރުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފަ އެވެ.
މިނިސްޓަރު ހީނާ މަޤާމުގެ އިޤްރާރުގައި ސޮއިކުރައްވަނީ --
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓަރު ހީނާއަށް މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ.
ނިމިދިޔަ ދުވަސްތަކުގައި މިނިސްޓަރު ހީނާ ހުންނެވީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަޤާމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިރޭ ހުވާ ކުރެއްވެވި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
މިރޭ ހުވާ ކުރައްވާ މަޤާމާއި ހަވާލުވެވަޑައިގެންނެވީ 12 ވަޒީރުންނެވެ. ވަޒީރުން އައްޔަނު ކުރައްވާ ވަނީ ދެ ވުޒާރާ އަކަށެވެ.