ENGLISH

14 އޭޕްރީލު 2026

Advertisement

ހެލްތް, ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރު ކަމަށް ޤީލާ އަލީ އައްޔަނު ކުރައްވައިފި

14 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ގީލާއަށް ފަތްކޮޅު އެރުވުން --

މިނިސްޓްރީ އޮފް ހެލްތް, ފެމިލީ އެންޑް ވެލްފެއަރގެ މިނިސްޓަރު ކަމަށް ޤީލާ އަލީ އައްޔަނު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފަ އެވެ. 

މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ޤީލާ ވަނީ ވަޒީރުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފަ އެވެ.

މިނިސްޓަރު ޤީލާ މަޤާމުގެ އިޤްރާރުގައި ސޮއިކުރައްވަނީ --

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓަރު ޤީލާއަށް މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ.

ނިމިދިޔަ ދުވަސްތަކުގައި މިނިސްޓަރު ޤީލާ ހުންނެވީ ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކަމާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް މިޝަންގެ މަޤާމުގަ އެވެ. އެކަމަނާ އަކީ ޚާރިޖީ ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިރޭ ހުވާ ކުރެއްވެވި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.

މިރޭ ހުވާ ކުރައްވާ މަޤާމާއި ހަވާލުވެވަޑައިގެންނެވީ 12 ވަޒީރުންނެވެ. ވަޒީރުން އައްޔަނު ކުރައްވާ ވަނީ ދެ ވުޒާރާ އަކަށެވެ.

ކިޔުންތެރިންގެ ހިޔާލު