ENGLISH
15 އޭޕްރީލު 2026
ފޮރިން އެފެއާޒް މިނިސްޓަރު ކަމަށް އިރްތިޝާމްް އައްޔަނު ކުރައްވައިފި
14 އޭޕްރީލު 2026
|
އިރްތިޝާމަށް މަޤާމުގެ ފަތްކޮޅު އެރުވުން --
އެންމެ މަޤްބޫލު
ފޮރިން އެފެއާޒް މިނިސްޓަރު ކަމަށް އިރްތިޝާމްް އާދަމް އައްޔަނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފަ އެވެ.
މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު އިރްތިޝާމްް އާދަމް ވަނީ ވަޒީރުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފަ އެވެ.
މިނިސްޓަރު އިރުތިޝާމް މަޤާމުގެ އިޤްރާރުގައި ސޮއިކުރައްވަނީ --
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓަރު އިރްތިޝާމްް އާދަމަށް މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ. ނިމިދިޔަ ދުވަސްތަކުގައި މިނިސްޓަރު އިރްތިޝާމް ހުންނެވީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރުގެ މަޤާމުގަ އެވެ. އޭނާ ވަނީ ކުރީން ހެލްތް މިނިސްޓަރު ކަން ވެސް ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިރޭ ހުވާ ކުރެއްވެވި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
މިރޭ ހުވާ ކުރައްވާ މަޤާމާއި ހަވާލުވެވަޑައިގެންނެވީ 12 ވަޒީރުންނެވެ. ވަޒީރުން އައްޔަނު ކުރައްވާ ވަނީ ދެ ވުޒާރާ އަކަށެވެ.