ENGLISH
15 އޭޕްރީލު 2026
ހޯމް ލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ސެކިއުރިޓީ މިނިސްޓަރަކަށް އަލީ އިޙްސާން އައްޔަނު ކުރައްވައިފި
14 އޭޕްރީލު 2026
|
މިނިސްޓަރު އަލީ އިޙްސާނަށް މަޤާމުގެ ފަތްކޮޅު އެރުވުން
އެންމެ މަޤްބޫލު
ހޯމް ލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ސެކިއުރިޓީގެ މަގާމަށް އަލީ އިޙްސާން އައްޔަނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފަ އެވެ.
މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު އަލީ އިޙްސާން ވަނީ ވަޒީރުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފަ އެވެ.
މިނިސްޓަރު އިޙްސާން މަޤާމުގެ އިޤްރާރުގައި ސޮއިކުރައްވަނީ --
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓަރު އަލީ އިޙްސާނަށް މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ. ނިމިދިޔަ ދުވަސްތަކުގައި މިނިސްޓަރު އިޙްސާން ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު ކަމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިރޭ ހުވާ ކުރެއްވެވި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
މިރޭ ހުވާ ކުރައްވާ މަޤާމާއި ހަވާލުވެވަޑައިގެންނެވީ 12 ވަޒީރުންނެވެ. ވަޒީރުން އައްޔަނު ކުރައްވާ ވަނީ ދެ ވުޒާރާ އަކަށެވެ.