ENGLISH

15 އޭޕްރީލު 2026

Advertisement

ފިނޭންސް އެެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު ކަމަށް ޒަމީރު އައްޔަނު ކުރައްވައިފި

14 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މޫސާ ޒަމީރަށް ފަތްކޮޅު އަރުވަނީ --

މިނިސްޓްރީ އޮފް ފިނޭންސް އެެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ މަގާމަށް މޫސާ ޒަމީރު އައްޔަނު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފަ އެވެ. 

މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީ ވަނީ ވަޒީރުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފަ އެވެ.

މިނިސްޓަރު ޒަމީރު މަޤާމުގެ އިޤްރާރުގައި ސޮއިކުރައްވަނީ --

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓަރު ޒަމީރަށް މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ.

ނިމިދިޔަ ދުވަސްތަކުގައި މިނިސްޓަރު ޒަމީރު ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ މިނިސްޓަރު ކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިރޭ ހުވާ ކުރެއްވެވި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.

މިރޭ ހުވާ ކުރައްވާ މަޤާމާއި ހަވާލުވެވަޑައިގެންނެވީ 12 ވަޒީރުންނެވެ. ވަޒީރުން އައްޔަނު ކުރައްވާ ވަނީ ދެ ވުޒާރާ އަކަށެވެ.

ކިޔުންތެރިންގެ ހިޔާލު