ENGLISH

14 އޭޕްރީލު 2026

Advertisement

ބްރިޖު ދަށުގައި ދިރިއުޅުނު މީހުން ފޮނުވާލައި ފުލުހުން އެސަރަހައްދު ބަލަހައްޓަނީ

14 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ސިނަމާލެ ބްރިޖު ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލައާ ގުޅިގެން އާއްމުވެފައިވާ ފޮޓޯތައް. ފޮޓޯ؛ ދުވަސް އެމްވީ

ބްރިޖު ދަށުގައި މީހުން ދިރިއުޅޭ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް އެސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފި އެވެ. 

ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބެލިބެލުމުން ބައެއް ފަރާތްތަކުން އެތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

"އެހެންކަމުން، ފުލުހުން ވަނީ އެ ތަންތަން ރޫޅާލުމަށްފަހު، އެ ތަނުގައި ތިބި މީހުން ދެނެގަނެ، އެ މީހުންގެ މައުލޫމާތު ސާފުކުރުމަށްފަހު އެ ސަރަހައްދުން ފޮނުވާލާފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ސަރަހައްދު ދޭތެރެ ދޭތެރެއިން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ،". ފުލުހުން ބުންޏެވެ. 

މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ ރިޕޯޓެއް ތައްޔާރުކޮށް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކަމާބެހޭ އިދާރާތަކާ މި މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު