ENGLISH

14 އޭޕްރީލު 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ މަހު 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފި

14 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ ފެބުރުއަރީ މަހު 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ ފެބުރުއަރީ މަހު 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ) އިން ބުނެފި އެވެ. 

އެންސްޕާއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ 14،993 މީހަކަށް ފެބުރުއަރީ މަހު އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވެފައިވާ 62 މީހުންނާ އެކު މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޖުމްލަ އަދަދަކީ 15،342 މީހުން ނެވެ. 

އިޖުތިމާއީ ރައްކާތެރިކަން ގާއިމްކުރުމަށް، އެންސްޕާ އުފައްދާފައި ވަނީ 2010 ވަނަ އަހަރު އެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު