ENGLISH

14 އޭޕްރީލު 2026

Advertisement

ފަގީރު ހާލުގައި އުޅޭ މީހުން ކާބޯތަކެތި ގަތުމަށް 26،040 ރުފިޔާ ދީފި

14 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އޮފީސް

ފަގީރު ހާލުގައި އުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދެވޭ އެހީގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު 26،040 ރުފިޔާ ދީފި އެވެ. 

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިހާރު ވެސް 706 މީހަކަށް ކާބޯތަކެތި ގަތުމަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ. 

މީގެ ތެރޭގައި އަލަށް ރަޖިސްޓްރީކުރި ހަ މީހަކު ހިމެނެ އެވެ. ފެބުރުއަރީ މަހު ފަގީރު ހާލުގައި އުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދެވޭ އެހީގެ ގޮތުގައި 26،040 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. 

މީގެ އިތުރަށް ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ 101 މީހަކަށް ފެބްރުއަރީ މަހު މާލީ އެހީ ފޯރުކޮށްދީފައި ވެއެވެ. އެގޮތުން އެ ފަރާތްތަކަށް ޖުމްލަ 187،500 ރުފިޔާ ގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެހީ ހޯދުމަށް އެކަކު އަލަށް ރަޖިސްޓްރީކޮށްފައި ވެއެވެ. އަދި 137 ކުޑަކުދިންނަށް އެ އެހީ ފޯރުކޮށްދެމުންދާކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފަ އެވެ. 

އެންސްޕާގެ ބައެއް ޚިދުމަތްތައް ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް "ވަންގަވް"ގެ ތެރެއިން މިހާރު ލިބިގެންދާއިރު މި ޕްލެޓްފޯމް މެދުވެރިކޮށް ޖުމްލަ ފަސް ހިދުމަތެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ހިދުމަތްތަކަކީ: 

  • ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ
  • ފަގީރު ހާލުގައި އުޅޭ އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދެމުންދާ އެހީ
  • ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ
  • ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީއަށް ދޭ އެހީ

ރައްޔިތުންނަށް ބޭނުންވާ މިފަދަ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުން އަވަސްކޮށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެންސްޕާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު