ENGLISH

14 އޭޕްރީލު 2026

Advertisement

ހުޅުމާލެ ފޭސް ތިނަކުން މިހާތަނަށް 125 ބިން ވެރިފަރާތްތަކާ ޙަވާލުކޮށްފި

14 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ހުޅުމާލެ ފޭސް ތިނަކުން ބިންތައް ޙަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ. ފޮޓޯ: އެޗްޑީސީ

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަށައި، މިހާތަނަށް 125 ބިން ވެރިފަރާތްތަކާ ޙަވާލުކޮށްފިއެވެ. 

އެޗްޑީސީން ފޭސް ތިނަކުން ބިންތައް ޙަވާލުކުރުމުގެ މަސައްކަތް ފެށީ މާރިޗު 26 ވަނަ ދުވަހު އެވެ. 

އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ފޭސް ތިނަކުން ގޯތި ލިބުނު 451 މީހަކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އޭގެތެރެއިން 125 މީހަކަށް ބިން ވަނީ ޙަވާލުކޮށްފައެވެ. 

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރެއެވެ. 

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކާއި އެ ތަންތަނުގެ ބޮޑުމިން:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

މި ސަރުކާރުން ވަނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކާފައެވެ. 

ބިން ހިއްކައި ނިންމުމަށްފަހު، އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކުން ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓްރީ ބަލައިގަތުމަށް ރަޖިސްޓްރީވާން މިދިޔަ ފެބްރުވަރީ މަހު ހުޅުވާލިއެވެ. 

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް އެ ތަނުން ގޯތި ލިބުނު ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރު ކަނޑައަޅަން މިދިޔަ ޑިސެމްބަރު ވަނީ ގުރުއަތު ނަގައިފައެވެ. 

ހުޅުމާލެ ފޭސް ތިނަކުން ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ބިންތައް ނުހިއްކައި ކަނޑުން ދޫކޮށްފައި ހުރި ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމަށް ފަހު މި ސަރުކާރުން އަންނަނީ ބިންތައް ޙަވާލުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު