ENGLISH

14 އޭޕްރީލު 2026

Advertisement

ރައީސް އޮފީހުގައި ހިދުމަތްކުރައްވަން ފުރުސަތު ދެއްވީތީ ފަހުމީ ރައީސަށް ޝުކުރު އަދާކުރައްވައިފި

14 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުއިއްޒުގެ އަރިހުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ފަހުމީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިދުމަތްކުރެއްވުމުގެ ފުރުސަތު އޭނާއަށް ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ޝުކުރު އަދާކުރައްވައިފިއެވެ. 

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ފަހުމީ އައްޔަންކުރެއްވުމާއެކު އެކްސްގައި އޭނާ ޝާއިއުކުރެއްވި ޕޯސްޓެއްގައި، ރައީސް އޮފީހުގެ ސްޓޭޓް، ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުގައި ހިދުމަތްކުރެއްވުމަށް ފުރުސަތު ދެއްވީތީ ރައީސް ޑރ.މުޢިއްޒަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އޭނާއަށް އިތުބާރުކުރެއްވީތީ އެކަންވެސް ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރަށް ރައީސް އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެ އޮފީހުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގަތް އެހީތެރިކަމާއި، އެކަމުގައި އެ ބޭފުޅުން ދެއްކެވި ސާބިތުކަން ފާހަގަކުރައްވައި ފަހުމީވަނީ އެ ހުރިހާ ބޭފުޅުންނަށް ތާރީފުކުރައްވާފައެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެހައި ޕްރޮފެޝަނަލް މަސައްކަތަށް ކަމޭހިތާ ޓީމަކާއެކު ރައީސަށް ހިދުމަތްކޮށްދެއްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެކެވެ. އަދި ރައީސް އޮފީހުގައި ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން ހާސިލުކުރެއްވުނު ކާމިޔާބުތަކާމެދު އުފާކުރައްވާކަން ފާހަގަކުރައްވަމުން، އެ އޮފީހާއި އޮފީހުގެ ހުރިހާ މުވައްޒަފުންނަށް އިތުރު ކާމިޔާބަށް ފަހުމީވަނީ އެދިވަޑައިގެންފައެވެ. 

މިއަދު ޕީސީބީންވަނީ ފަހުމީ އެމްޑަބްލިއުއެސްސީ ބޯޑު މެންބަރުކަމަށާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކޮށްފައެވެ. ފަހުމީއަކީ މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް ފުރަތަމަ އައްޔަންކުރެއްވުނު ބޭފުޅާއެވެ. 

ކިޔުންތެރިންގެ ހިޔާލު