ENGLISH
13 އޭޕްރީލު 2026
އެމްޑީޕީ ސަރުކާރުން ހިންގި ޖަރީމާ: އާސިފް ދޫކޮށްލީ 10 އަހަރުގެ ހުކުމް ފަސް ދުވަހަށް ކުރުކޮށްފައި!
13 އޭޕްރީލު 2026
|
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އިސްމާއިލް އާސިފް. އެމްޑީޕީ ސަރުކާރުން ހުކުމުގެ މުއްދަތު ކުރުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައި. ފޮޓޯ؛ މިހާރު
އެންމެ މަޤްބޫލު
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އިސްމާއިލް އާސިފަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އޭނާ ޖަލުން ދޫކޮށްލީ އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާގެ ހުކުމް ފަސް ދުވަހަށް ކުރު ކުރުމަށް ފަހުކަން އެނގިއްޖެ އެވެ.
މިދިޔަ މަހުގެ 16 ގައި ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން އާސިފުގެ އިތުރުން ތިން މީހަކު ހައްޔަރުކޮށްގެން ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ. މި މައްސަލައިގައި ގެއްލުނު ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ ބައި ލައްކަ ރުފިޔާ އެވެ.
ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލައިގައި އާސިފުގެ މައްޗަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 10 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައި ވެއެވެ.
މިދިޔަ އަހަރު ވެސް އާސިފް ވަނީ އޭނާގެ ބޭބެގެ ބޮލަށް ވަޅިއަކުން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.
ހައްމާދަށް ހަމަލާދިން މައްސަލައިގައި އާސިފްގެ މައްޗަށް ކުށް ސާބިތުވެ 2022 ވަނަ އަހަރު އޭނާ ޖަލަށްލާން ހުކުމްކޮށްފައި ވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒުކުރަން އޮތީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް ހުކުމުގެ މުއްދަތު ހަމަނުވަނީސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހު އޭނާ ޖަލުން މިނިވަންކޮށްފަ އެވެ. މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އާސިފް މިނިވަންކުރީ ހުކުމުގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދިނުމަށް ފަހުގައިކަން ވަނީ އެނގިފަ އެވެ.
އާސިފްގެ ޖަލު ހުކުމުގެ މުއްދަތު ކުރުކޮށް އަންގާފައި އޮތީ، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުން ތަންފީޒު ނުވެ ބާކީ އޮތް މުއްދަތު އެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ގިންތިއަށް ނިސްބަތްކޮށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހަށް ކުރުކޮށްދިނުމަށެވެ.
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި މިފަހުން އާސިފް ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގެ ތަހުގީގުން ބޮޑު ބައެއް މިހާރު ވަނީ ނިންމާލާފައިކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އަދި މައްސަލައިގެ ތުހުމަތުވާ އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ނެވެ. މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ސޯލިހްގެ ސަރުކާރުގެ އެންމެ ފަހު ވަގުތު ބޮޑެތި ޙުކުމްތަކުގައި ތިބި އެތައް ބަޔަކަށް މިނިވަން ވެވޭނެ މަގު ވަނީ ތަނަވަސް ކޮށްދީފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ފައިސާތައް ޚިޔާނަތްތެރިވެ ދިގު މުއްދަތުގެ ޖަލު ހުކުމް އައިސްފައިވާ މީހުން ވެސް ހިމެނެ އެވެ.