ENGLISH

13 އޭޕްރީލު 2026

Advertisement

ދިހަ އަތޮޅެއްގެ ގިނަ ރަށެއްގެ ކައުންސިލު ރައީސްކަަން ޕީއެންސީއަށް

13 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ލޯކަަލް ކައުންސިލު އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: މިހާރު

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ދާއިމީ ނަތީޖާއަށް ބަލާއިރު 10 އަތޮޅެއްގެ ގިނަ ރަށްރަށުގެ ކައުންސިލު ރައީސްކަަން ޕީއެންސީއަށް ލިބިފައިވެއެވެ. 

އޭޕްރީލު ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ދިހަ އަތޮޅެއްގެ ގިނަ ރަށްތަކުގެ ކައުންސިލު ރައީސްކަން ޕީއެންސީއަށް ލިބިފައިވެއެވެ. އެ އަތޮޅުތަކަށް ބަލާއިރު ހއ. އަތޮޅާއި، ރ.އަތޮޅާއި، އއ.އަތޮޅާއި، އދ.އާއި، ވ.އަތޮޅު އަދި ފ.އަތޮޅުގެ އިތުރަށް ލ.އަތޮޅާއި، ގއ.އާއި ގދ އަތޮޅެވެ. 

މި އަތޮޅުތަކަށް ބަލާއިރު ހއ.އަތޮޅުގެ ހަތް ރަށާއި، ބ.އަތޮޅުގެ ހަ ރަށާއި، ކ.އަތޮޅުގެ ހަތް ރަށާއި، އއ.ގެ ހަތް ރަށާއި އދ.ގެ ފަސް ރަށާއި، ވ.ގެ ތިން ރަށާާއި ފ.އަތޮޅުގެ ތިން ރަށާއި، ލ.އަތޮޅުގެ ހަ ރަށާއި، ގއ.ގެ ފަސް ރަށާއި، ގދ. ހަތަރު ރަށުގެ ކައުންސިލު ރައީސްކަން ލިބުނީ ޕީއެންސީއަށެވެ. 

ކައުންސިލު އިންތިހާބުގައި ހަތް އަތޮޅެއްގެ ގިނަ ރަށްރަށުގެ ކައުންސިލު އެމްޑީޕީއަށް ލިބުނުއިރު ދެ އަތޮޅެއްގައި ރަށު ކައުންސިލު ރައީސްކަން ކާމިޔާބުވެފައިވަނީ ދެ ޕާޓީއަށް ހަމަހަމަ ގޮތަކަށެވެ. 

މި އިންތިހާބުގައި 75 ރަށެއްގެ ކައުންސިލު ރައީސްކަމަަށް ހޮވިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެމްޑީޕީގެ 74 ކެންޑިޑޭޓަކު ރަށު ކައުންސިލު ރައީސްކަން ކާމިޔާބުކުރިއިރު، އަމިއްލަ ގޮތުން ވާދަކުރި 24 ކެންޑިޑޭޓަކަަށް ރަށު ކައުންސިލު ރައީސްކަން ކާމިޔާބުވިއެވެ. އަދި އެމްޑީއޭގެ ިން ކެންޑިޑޭޓަކާއި ޑިމޮކްރެޓްސްއިން ވާދަކުރި އެއް ކެންޑިޑޭޓާއި ޖުމްހޫރީ ޕާޓީގެ އެއް ކެންޑިޑޭޓަށް ރަށު ކައުންސިލު ރައީސްކަން ލިބުނެވެ. 

ކިޔުންތެރިންގެ ހިޔާލު