ENGLISH
13 އޭޕްރީލު 2026
ކުރެންދޫ ބަނދަރުގެ އަދާހަމަ: ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށް
13 އޭޕްރީލު 2026
|
ޅ.ކުރެންދޫ ބަނދަރު ހެދުުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، ކުރެންދޫގެ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސައިޓް ސެޓަޕްގެ މަސައްކަތާއި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 36363 ކިއުބިކް މީޓަރު ފުންކުރުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 415 މީޓަރުގެ ސަަރަހައްދެއްގައި ބޭރުތޮށި ލުމާއި 243 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި 60 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 53 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢު ނިމޭއިރު ކުރެންދޫެގެ ބަނދަރުގެ މައްސަލައަށް ހައްލެއް ލިބި، އެރަށަށް އަރައިފައިބާ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.