ENGLISH
15 އޭޕްރީލު 2026
ވަޒީރު ޑރ. މާރިޔާގެ އިލްތިމާސާއެކު، ތިން ރަށެއްގައި 60 ރުއް އިންދައިފި
13 އޭޕްރީލު 2026
|
ތިން ރަށެއްގައި ކުރިއަށްގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ؛ ވުޒާރާ
އެންމެ މަޤްބޫލު
ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސާބާގައި ހުޅުމާލޭގައި 60 ރުއް، އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދުމަށް ކުރެއްވި އިލްތިމާސްއާ އެއްގޮތަށް ތިން ރަށެއްގައި 60 ރުއް އިންދައިފި އެވެ.
ވުޒާރާއިން ބުނީ ރުއް އިންދި ރަށްތަކަކީ ލ. ފޮނަދޫ، ގދ. މަޑަވެލި އަދި ކ. ކާށިދޫ ކަމަށެވެ.
ވަޒީރުގެ މި އިލްތިމާސް ވުޒާރާގެ ފަރާތުން ހުރިހާ ކައުންސިލްތަކަކަށް ފޮނުވާފައިވާއިރު، މިހާރު ވެސް ބައެއް ރަަށްރަށުގައި ވަނީ ރުއް އިންދުމުގެ ހަރަކާތްތައް ފެށިފަ އެވެ.
ރާއްޖެއަށް ދިމާވެފައިވާ ކާށިގެ ދަތިކަން ފިލުވުމާއި، ރާއްޖޭގައި ކާނާގެ ޔަޤީކަން އިތުރުކުރެއްވުމުގެ ގޮތުން 2025 މާރިޗް 9 ވީ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ އދ. އަރިޔަދޫ، "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރުމަށް ވުޒާރާއާ ހަވާލުކޮށްފަ އެވެ.
އަރިޔަދޫގައި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް ނިންމާފައިވެއެވެ.