ENGLISH
15 އޭޕްރީލު 2026
އަލިފާނުގެ ހާދިސާގައި ސޮނެވާ ޖާނީގެ މުހިއްމު ތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި: އެމްއެންޑީއެފް
13 އޭޕްރީލު 2026
|
ސޮނޭވާ ޖާނީގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތް އެއްކޮށް އަނދާފައި . ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ސޮނެވާ ޖާނީ ރިސޯޓުގައި އިއްޔެ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭ 3 ބުރީގެ އިމާރާތެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ސޮނެވާ ޖާނީ ރިސޯޓުގެ މި ހާދިސާގެ ރިޕޯޓް އިއްޔެ 14:10 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރޭ 21:00 ހާއިރުއަލިފާން ނިއްވާލެވިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އަލިފާން ރޯވި "ގެދަރިން" އިމާރާތަކީ 3 ފްލޯއަށް ހަދާފައިވާ ތަނެކެވެ. މި އިމާރާތުގައި ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭއިރު އެ ތަންތަން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށް އެމްއެންޑީއެފް އިން އިތުރަށް ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.