ENGLISH

13 އޭޕްރީލު 2026

Advertisement

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީ

13 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ޖިންސީ ފުރައްސާރައިގެ ތުހުމަތުވާ މީހާ

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ. 

މިކަން ހާމަކޮށް ފުލުހުން ވަނީ އެމީހާ ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

ފުލުހުން ބުނީ ހޯދަމުންދާ މީހާއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ. 

އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް އިންވެސްޓިގެޝަންގެ ނަންބަރު 9393351 ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެއިދާރާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު